ކެޔޮދޫ ސްކޫލް ލަވައިގެ ޅެން

ވާނަމޭ އުޑުގެ ތަރިތައް، ފަދައިން ވިދުމުގާ
ޗާލު ނޫރެއް އެ ތަރިތައް ދެނީ އެދުމުގާ


އާންއެކޭ ހަމަ އެހެން، ހިންމަތާ އަޒުމުގާ
މާދަމާ ގޮސް ވިދާލާނޭ ފަލަކުގާ


މީ ރޫޙަކީ ބާރަކީ ޢިލްމް ހިލްމާ ހުނަރު
އޭގެ ފުން ވިންދަކީ ޙުލްގް ހެޔޮ މާތް އަސަރު


ޤައުމުދެކެ ލޯބިވުން، ދީން އުނގެނި ދަސްކުރުން
ހިތުގެ ޒިންމާ އަކީ ރިވެތި ސާފު އަމަލުގާ


ވާނަމޭ އުޑުގެ ތަރިތައް ފަދައިން ވިދުމުގާ
ޗާލު ނޫރެއް އެ ތަރިތައް ދެނީ އެދުމުގާ


އެކީ ރޮނގުން ކުރިއަރާނީ ނިކަން ޖޯޝުގާ
ދެކީ ދުނިޔެ ސިކުނޑި ހުޅުވާ ޒަމާންތައް ކުރުމުގާ


އާދެ ކެޔޮދޫ ސްކޫލްގެ މި ލޮބުވެތި ހިޔާ
ދާއިމަށް ނަން ވިދާހެން، ހިތާ މި ދޭހުގާ


ވާނަމޭ އުޑުގެ ތަރިތައް ފަދައިން ވިދުމުގާ
ޗާލު ނޫރެއް އެ ތަރިތައް ދެނީ އެދުމުގާ


އާންއެކޭ ހަމަ އެހެން ހިންމަތާ އަޒުމުގާ
މާދަމާ ގޮސް ވިދާލާނޭ ފަލަކުގާ